Last Updated: July 3, 09:24
Thursday, July 3, 2025
ޚަބަރު

ކޯރަމް ހަމަނުވުމުން މަޖިލީހުގެ ޖަލްސާ ނުފެށުނު

މަޖިލީހުގެ ތަޅުން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ނުފެށި ލަސްވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކޮށްފައިވަނީ 09:00 ގައެވެ. އެހެންނަމަވެސް އޭގެ 20 މިނެޓް ފަހުންވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ފެށިފައެއް ނުވެއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަނީ ކޯރަމް ހަމަނުވާތީ ކަމަށެވެ. އެހެންކަމުން 10:00 ގައި ޖަލްސާ ފެށުމަށް އަނެއްކާވެސް މަސައްކަތް ކުރައްވާނެކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވަނީ ނުނިމިހުރި 2 މަސައްކަތެއް އެޖެންޑާކޮށްފައިވައެވެ. އެއީ ރުހުން ނުދިން ވަޒީރުން އަލުން މަގާމަށް އައްޔަނުކުރުމުން ހުށަހެޅި މައްސަލައަކާ، މަސްވެރިންނަށް ފައިސާ ނުދޭތީ ހުށަހަޅާފައިވާ ޤަރާރެއްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.