Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

މޫލީގައި ރޯދަ ސޭލެއް

ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ އާންމު ތަކެތި އުރީދޫގެ އޮންލައިން ވިޔަފާރި ޕްލެޓުފޯމް، މޫލީއިން ލިބޭނެ އިންތިޒާމު ހަމަޖައްއްސައިފި އެވެ.

އެ ޕްލެޓްފޯމުގައި ރޯދައަށް ވަނީ ސެކްޝަނެއް ހިމަނައިފަ އެވެ. އުރީދޫން ބުނީ "ރޯދަ ސޭލް" ސެކްޝަނުން ފަރުނީޗަރާއި މަރޮށި ދިޔާހަކުރާއި އެޑިއުކޭޝަނަލް މުސައްލަ އާއި ރާއްޖޭގައި ރޯސްޓުކުރާ ކޮފީ އާއި ނަޓް ބަޓާސް އަދި ރާއްޖޭގައި ހައްދާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ގަންނަން ލިބޭނެ ކަމަށެވެ.

ރޯދަ މަސް ނިމެންދެން ކުރިޔަށްދާ "މޫލީ ރޯދަ ސޭލް" ގައި ގަންނަ ކޮންމެ އެއްޗެއް ވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީކޮށްދޭނެ އެވެ.

ކަސްޓަމަރުންނަށް ބޮޑު ލުއެއް ގެނެސްދިން މޫލީ ވުޖޫދަށް އައީ 2019 ގަ އެވެ.