Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް އީސަ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އީސަ ހަމަޖައްސައިފިއެވެ.

އެމްޑީޕީން މަޖިލިހުގެ 90 ދާއިރާއަކަށް ވާދަކުރެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ފަރާތުން ވާދަކުރާ މީހުންގެ ތެރޭގައި ހިމެނެނީ 84 ފިރިހެން ކެންޑިޑޭޓުންނާއި ހަ އަންހެން ކެންޑިޑޭޓެކެވެ.

އަންނަ މަހުގެ 17 ގައ ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި އޮތް 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. އެއީ 130 އެވެ.