Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

ބޮންގުގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

"ޕެރަސައިޓް" އާ އެކީ ހޮލީވުޑް ސިއްސުވާލި ދެކުނު ކޮރެއާގެ ކުޅަދާނަ ޑައިރެކްޓަރު ބޮންގް ޖޫން ހޯގެ އާ ފިލްމު "މިކީ 17" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ރޮބަޓް ޕެޓިންސަން ބަތަލުގެ ރޯލު ކުޅެފައިވާ މި ސައިންސް ފިކްޝަން ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ މަހުގެ 29 ގަ އެވެ. ނަމަވެސް މިހާރު "މިކީ 17" ތާވަލުކޮށްފައި ވަނީ ޖެނުއަރީ 31، 2025 އަށެވެ.
ފިލްމުގެ ތާރީހަށް ވޯނާ ބްރޮސް އިން މި ގެނައި ބަދަލާ އެކީ ދެން މާޗް 29 ގައި ގެނެސްދޭން ނިންމާފައި ވަނީ "ގޮޑްޒިއްލާ އެކްސް ކޮން: ދަ ނިއު އެމްޕަޔާ" އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ "މިކީ 17" ކާސްޓްގަގައި މާކް ރަފަލޯ، ޓޯނީ ކޮލެޓް، ސްޓީވް ޔެއެން އަދި ނިއޯމީ އެކީ ހިމެނެ އެވެ. މި ފިލްމަކީ ލިޔުންތެރިޔާ އެޑްވަޑް އޭޝްޓަންގެ މި 2021 ގެ ވާހަކަ "މިކީ 7" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މީގެ ޑައިރެކްޓަރު ބޮންގްގެ 2019 ގެ "ޕެރަސައިޓް" ގެ ކާމިޔާބީތަކުގެ ވާހަކަ އަށް ޖެހިލާ އިރު، މި ފިލްމަށް އޮސްކާގެ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ބޭރު ފިލްމުގެ އޮސްކާ ވެސް ލިބިފައިވެ އެވެ.

އެ އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ބޭރު ފިލްމަކީ ވެސް "ޕެރަސައިޓް" އެވެ.