Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

މަރުގެ އިންޒާރު ދިން ފޭދޫ ޒުވާނަކު ހޯދަނީ

ތޫނު ހަތިޔާރު ގެންގުޅުމާއި މުދަލަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމުގެ މައްސަލައަކާ ގުޅިގެން އައްޑޫ ފޭދޫ ޒުވާނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާ ގުޅިގެން ހޯދަނީ ފޭދޫ އިލާ، މުޙައްމަދު އައިދު ސަޢީދު، 24، އެވެ.

ފުލުހުން ބުނީ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅައި ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.