Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

"ޑޮން 3" އޮފާއެއް ނުކުރޭ: އިމްރާން

ރަންވީރު ސިންގް ޓައިޓްލް ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު "ޑޮން 3" ގެ ވިލަން އަކީ އިމްރާން ހާޝިމީ ކަމަށް ބުނާ ވާހަކަތައް އޭނަ ދޮގުކޮށްފި އެވެ.

އެ ވާހަކަ މީޑިއާތަކުގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ފަހުން އޭނަ މިއަދު ބުނީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމުން އެއްވެސް ރޯލެއް ހުށަހަނާޅާ ކަމަށެވެ. އެހެންވެ "ޑޮން 3" ގައި ހިއްސާނުވާ ކަމަށް ބުންޏެވެ. މި ފިލްމުގެ ވިލަންއަކަށް އިމްރާން ހަމަޖެއްސި ކަމަށް އަޑު ފެތުރުނު އިރު، މިދިޔަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ "ޓައިގާ 3" ގެ ވިލަން އަކީ އިމްރާނެވެ. އަދި އޭނަގެ އެ ކެރެކްޓާ އަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

"މާޑާ" އާއި "ޖަންނަތު" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އިމްރާން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 8 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލާ ވެބް ސީރީޒް "ޝޯޓައިމް" އިންނެވެ. މިއީ ބޮލީވުޑްގައި ވަކި ހިއްޕާލާފައި އޮންނަ ކަމަށް ބުނާ ނެޕޮޓިޒަމަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ޑޮން 3" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީކަން ފިލްމުގެ ޓީމުން އިއްޔެ ވަނީ ރަސްމީކޮށް އިއުލާންކޮށްފި އެވެ.

"ޑޮން" ގެ ފުރަތަމަ ދެ ފިލްމު ފަރުހާން ހެދީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާއާ އެކީގަ އެވެ. އެގޮތުން 2006 ގައި "ޑޮން" ގެނެސްދިނުމަށް ފަހު "ޑޮން 2" ރިލީޒްކުރީ 2011 ގަ އެވެ.

"ޑޮން 3" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.