Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

"ހުތުރު" ވައްތަރު ޖެއްސި ފިރިހެނަކު ހޯދަނީ!

ފިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މިކަމެއް ހިންގާފައި ވަނީ މާލޭ މަގުމަތީގައި ކަމަށެވެ. އަސި އެ މީހާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ބުންޏެވެ. އެހެންވެ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.

ފުލުހުން ހޯދާ މީހާ އަކީ ޕިކްޕްގެ ފަހަތުގައި އިނދެގެން އަތުންނާއި އަނގައިން ބޭއަދަބީ އިޝާރާތްތަކެއްކޮށް، މަގުމަތިން ދިޔަ ބަޔަކާ ދިމާއަށް ވައްތަރު ޖެއްސި މީހެކެވެ.

މީގެ ކުރިން ވެސް މިކަހަލަ ހާދިސާތައް މާލޭގެ މަގުމަތީގައި ދިވެހިންނާއިޮ ބިދޭސީންގެ ފަރާތުން ވެސް ކުރިމަތިވެފައިވެ އެވެ. އެގޮތުން މަގުމަތީގައި ޖިންސީ ގުނަވަން ދެއްކުމާއި ކުޑަކުދިންނާއި އަންހެނުންނާ ބެހުން ފަދަ މައްސަލަތައް ހިނގާފައިވެ އެވެ.