Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

"ހަފުތާ ރެސް" އައްޑޫގައި ބާއްވަނީ

ޔޫތު މިނިސްޓްރީން ސިލްސިލާކޮށް ބާއްވަމުން އަންނަ "ހަފުތާ ރެސް" އަނެއްކާ ވެސް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 27 އިން އަންނަ މަހުގެ 4 އަށެވެ. "ހަފުތާ ރެސް" ގެ ތެރެއިން އަންނަ މަހުގެ 1 ގައި ހިތަދޫ ސިޓީ ސްކެއާގައި އާއިލީ ހަވީރެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ.

"ހަފުތާ ރެސް" ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލްގެ 6885003 ނަންބަރުން ހޯދޭނެ އެވެ.

"ހަފުތާ ރެސް" އަކީ ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އެ މީހުންނާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތާ އެކީ ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ޒުވާނުންގެ ހުނަރާއި އެކި ދާއިރާތަކުން މައުލޫމާތު ދިނުމާއި ވިޔަފާރީގެ ހަރަކާތްތައް ވެސް އެކުލެވޭ ގޮތަށް ކުރީގެ ސަރުކާރުން 2018 ގައި ފެށި ޕްރޮގްރާމެކެވެ.

މިހާތަނަށް މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި "ހަފުތާ ރެސް" ބާއްވާފައިވެ އެވެ. އެގޮތުން އައްޑޫގައި 2022 އާއި 2023 ގައި ވެސް "ހަފުތާ ރެސް" ބޭއްވި އެވެ.