Last Updated: April 30, 19:33
Tuesday, April 30, 2024
ޚަބަރު

ޕެނަޑޯލް އަލުން ހުއްދަކޮށްފި

ރާއްޖޭގައ ވިއްކަމުން އައި ޕެނަޑޯލް ބޭހުގެ ސްޓޮކެއްގައި މައްސަލަތަކެއް ފާހަގަކުރެވިގެން އެ ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފައި އޮތުމަށް ފަހު، އޭގެ މުއާމަލާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން މިއަދު އަލުން ހުއްދަ ދީފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕެނަޑޯލް ކެއުން މަނާކުރީ ސްރީ ލަންކާގެ ސުމިތުކްލައިން ބީޗަމް ބްރޭންޑްގެ 500 މިލިގްރާމްގެ ޕެނެޑޯލްގެ ޓެބްލެޓްގެ ބޭސްތަކުގައި ގުޅަތައް ފުނޑުފުނޑުވެ، ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާތީ އެވެ. އެގޮތުން އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޓަކައި "ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން" ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވާއި ކުއަންޓޭޓިވް ޓެސްޓުތައް ހެދުމަށް މަނާކުރީ އެވެ.

އެމްއެފްޑީއޭ އިން މިއަދު ބުނީ ކުރި ޓެސްޓްތަކުގެ ނަތީޖާ އިން ދައްކާގޮ ތުގައި ޕެނަޑޯލް ބްރޭންޑްގައި ހުންނަން ޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންޓް ހުރިކަންނީ ޔަގީން ކުރެވިފައިވާ ކަމަށެވެ. ބޭހުގެ ކޮލެޓީ މައްސަލައެއް ފާހަގަ ކުރެވިފައި ވަނީ ބޭސް އުފުލާ ގެންގުޅުމުގަޔާއި ގުދަން ކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ކަމަށް އެތަނުން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ މައްސަލަ ޖެހުނު ޕެނަޑޯލްގެ ސްޓޮކް މިހާރު މާކެޓްގައި ނެތް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބުންޏެވެ.

އެތަނުން ން ވަނީ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ބޭސް އުފުލުމާއި ގުދަން ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.