Last Updated: April 26, 09:47
Saturday, April 26, 2025
ޚަބަރު

ރާއްޖެ، އިންޑިއާ އަދި ލަންކާ ކޯސްޓްގާޑް ތަމްރީނެއް

އެމްއެންޑީއެފް ކޯސްޓުގާޑާ ގުޅިގެން އަސްކަރީ ތަމްރީނެއް ހިންގަން އިންޑިއާ އާއި ސްރީ ލަންކާގެ ލަންކާގެ މަނަވަރުތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ނަވަރުތައް އައީ ތިން ގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ދޯސްތީ-16" އަށް ކަމަށެވެ. މި ތަމްރީނު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށެވެ.

ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ ކޯސްޓް ގާޑުންގެ އިތުރުން، ބަންގްލަދޭޝްގެ އޮބްޒާވަރުން ވެސް ތަމްރީނުގައި ބައިވެރިވެ

"ދޯސްތީ" އެކްސަސައިޒަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ތިން ގައުމު ގުޅިގެން ކޮންމެ ދެ އަހަރަކުން ކުރިއަށް ގެންދާ ތަމްރީނުު ޕޮރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށީ 1991 ގަ އެވެ.