Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ފައިސަލް އެމްޑީޕީ އަށް ސޮއި ކުރައްވައިފި

ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ.

ފައިސަލް އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ އެކަމަށްޓަކައި އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ.

ފައިސަލް އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމު ހަވާލު ކުރެއްވީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވެއެވެ.

ފައިސަލް އެމްޑީޕީއަށް ސޮއި ކުރެއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ސޯލިހް ވިދާޅުވީ ފައިސަލްއަކީ ތެދުވެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި ފައިސަލް އެމްޑީޕީއާ ގުޅުމާއެކު އިތުރު ޖޯޝެއް ލިބިގެންދާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ވެސް ފައިސަލް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގައި 16 އަހަރު ހިދުމަތްކުރެއްވުމަށްފަހު ފައިސަލް އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ މަހު 21 ވަނަ ދުވަހުއެވެ.

ނައިބުރައީސް ކަމުގައި ގިނަ ބައެއްގެ ތާއީދާއި ލޯބި ހޯއްދެވި ފައިސަލް މީގެކުރިންވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.