Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

"ޔޯދާ" ގެ ޓްރެއިލާ ދައްކައިލީ ވައިގެ ތެރޭގައި

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު "ޔޯދާ" ގެ ޓްރެއިލާ މިއަދު ވައިގެ ތެރޭގައި ލޯންޗްކޮށްފި އެވެ.

ފިލްމުގެ ޓީމާއި ނޫސްވެރިންނާ އެކީ ބޭއްވި ފްލައިޓް ދަތުރެއްގެ މަތީގައި ޓްރެއިލާ ލޯންޗްކުރީ މެންދުރު ފަހު އެވެ. އޭގެ ފަހުން ވަނީ ޔޫޓިއުބާއި ދަރުމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވެސް "ޔޯދާ" ގެ ޓްރެއިލާ ދޫކޮށްލައިފި އެވެ.

އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަ މި އެކްޝަން ތުރިލާގެ ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ އިތުރުން ރާޝީ ކަންނާ އެވެ.

ވައިގެ ތެރޭގައި ހައިޖެކްކުރާ ފްލައިޓެއް ސަލާމަތްކުރަން ކުރާ މަސައްކަތްތައް ދައްކުވައިދޭ "ޔޯދާ" ޑައިރެކްޓްކޮށްފައި ވަނީ ސާގަރް އަމްބްރޭ އާއި ލުޝްކާރް އޯޖާ އެވެ.