Last Updated: April 29, 09:09
Monday, April 29, 2024
ދުނިޔެ

ގާޒާ ޝަހީދުންގެ އަދަދު 30،000 އިން މައްޗަށް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު 33،000 އިން މައްޗަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ އޮކްޓޯބަރު މަހުގެ 7 އިިން ފެށިގެން އަނިޔާވެރި ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މިއަދާ ހަމައަށް ޝަހީދުވި މީހުންގެ އަދަދު 30،035 އަށް އަރާފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ލާއިންސާނީ ޖަރީމާ އަށް ހުއްޓުމެއް ނެތި ކުރިއަށްދާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް ފަލަސްތީނުގެ 81 މީހަކު ޝަހީދުކޮށްފައިވާ ކަމަށެވެ.

އިޒްރޭލުގެ މި އަނިތާވެރި އުދުވާނާ ހެދި ފަލަސްތީނު މިހާރު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. އެގޮތުން އެތައް ހާސް ބަޔަކު ކާނާ އަށް ޖެހި، ބަނޑަށް މަރުވުމުގެ ހާލަތަށް ގޮސްފައިވާ އިރު، ސިއްހީ ހިދުމަތް ފަދަ އަސާސީ އެތައް ހިދުމަތްތަކަކުން ފަލަސްތީނުގެ ރައްޔިތުން ވަނީ މަހުރޫމުވެފަ އެވެ.

އިޒްރޭލުން ދަނީ ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ ތަކެއްޗާ އެކީ ފަލަސްތީނަށް ނުވަދެވި، އެހީގެ އެތައް ގާފިލާއެއް އެބަތިއްބެވެ.

މި އަހަރުގެ ރޯދަ މަހާ ކުރިމަތިލާން ގާތްވަމުން އަންނަ އިރު ފަލަސްތީނުގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލެއްގަ އެވެ.