Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު

ރަށްރަށުގެ ތަރައްގީ ވާނީ ރައްޔިތުން އެދޭ ގޮތަށް

ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ވާދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު އަލިފުށީގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން، ވާދޫގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ކޮނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި ބަނދަރު ތަރައްޤީކުރުން ހިމެނެ އެވެ. އަދި ރަށުން ގޯތި ދޫކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ވެގެންދިއުމުގެ މުހިންމުކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކައުންސިލުން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރަށުގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދާނީ ރަށުގެ ރައްޔިތުން އެދޭގޮތަށްކަމުގެ ޔަގީންކަން ދެއްވި އެވެ.