Last Updated: April 27, 20:01
Saturday, April 27, 2024
ޚަބަރު

އާއިލާގެ ބަޔަކަށް ބިރު ދެއްކި މީހަކު ބަންދަށް

އާއިލާގެ ބަޔަކަށް ވަޅިއަކުން ބިރުދެއްކި މީހަކު 7 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ބަންދުކުރަން އަމުރު ނެރުނީ މާލެ އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހެކެވެ. ފުލުހުން އޭނަ ހައްޔަރުކުރީ ޢާއިލާގެ ބަޔަކަށް ވަޅިން ބިރުދައްކައި އިންޒާރުދިން މައްސަލައެއްގަ އެވެ. އޭނައާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ކޯޓަށް ހުށައަޅާފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

ނަމަވެސް އެމީހާއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް ބުނާތީ އެކަން ކަށަވަރު ކުރުމަށް ފަހު ދެންއޮންނަ ބަންދު މުރާޖަޢާ މަޖިލީހަށް ހުށައެޅުމަށް ކޯޓުން ފުލުހުންނަށް އަންގާފައިވެ އެވެ.