Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

މަކަރާއި ހީލަތް ހެދި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި އަނެއްކާ ވެސް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން މި ފަހަރު ހޯދަން އިއުލާންކޮށްފައި ވަނީ ނ. މަނަދޫ އަހުމަދު އަޝްފާއު، 34، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ހުޅުމާލޭ ދޭއްގެ ފުލުހުން ތަހުގީގުކުރާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ ރޯދަ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް އަޝްފާއު ހާޒިރުވާން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި މި ފަހުން މަކަރާއި ހީލަތުން މީހުންގެ ހޯދުން ފައިސާ ހޯދުމުގެ މައްސަލަ އަކީ ފުލުހުންނަށް މި ފަހުން އެންމެ ގިނައިން ރިޕޯޓްކުރެވޭ އެއް މައްސަލަ އެވެ.