Last Updated: April 28, 11:56
Sunday, April 28, 2024
ޚަބަރު

އިންތިހާބަށް ތައްޔާރުވާން އުތުރުގެ ފުލުހުންގެ ޕްރޮގްރާމެއް

މި އަހަރުގެ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ޔޫސް އޮފް ފޯސް ރިފްރެޝަ ޕްރޮގްރާމް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ 7 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަިއވާ މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެދަށަށް މީހުން ގެނައުމުގައި އަމަލު ކުރާނޭ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ އެވެ.

< =" p--348751" ="p://.dd./p-/pd/2024/03/-2-300x225.p" ="" d="799" ="599" />

މީގެ އިތުރުން، ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދޭނެ އެވެ. އަދި ފުލުހުންނާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ވެސް މައުލޫމާތު ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމް، ހދ. އަތޮޅުގެ 9 ސްޓޭޝަންގެ ފުލުހުން ހިމެނޭ ގޮތަށް ކުޅުދުއްފުއްޓާއި ހަނިމާދު އާއި އަދި މަކުނުދޫގައި ކުރިއަށް ގެންދާނެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ 21 އެވެ.