Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ޓުއަރ އޮޕަރޭޓަރުންގެ ހިދުމަތް ދިނުމާ ބެހޭ ބިލެއް

ޓުއަރ އޮޕަރޭޓަރުންގެ ހިދުމަތް ދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

'ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ބިލު'ގެ ނަމުގައި މި ބިލު ހުށަހެޅި ސަބަބުގެ ގޮތުން ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި، އެފަދަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުގެ މިންގަނޑުތައް ބަޔާންކުރުން ކަމަށެވެ. އަދި އެ ހިދުމަތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓްކޮށް މޮނިޓަރ ކުރުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ.

މި ބިލުގައި ބުނެފައިވަނި ރާއްޖޭގައި ޓުއަރ އޮޕަރޭޓަރުންގެ ހިދުމަތް ދެވޭނީ އެކަމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ލައިސަންސް ދޫކުރެވޭ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.