Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ލަންދޫ ކޯޓްގެ އާ އިމާރާތް ހުޅުވައިފި

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.

އެ ކޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އުއްތަމަފަނޑުޔާރު މުއުތަސިމު އަދުނާނެވެ. އެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ ގެ މެންބަރު އަދި ހައިކޯޓުގެ ފަނޑިޔާރާއި، ސިވިލް ކޯޓުގެ އިސް ޤާޒީ އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ބައިވެރިވެވަޑައިތަނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ފަރުމާކޮށްފައި ވަނީ ކުދި އާބާދީތަކުގެ މެޖިސްޓްރޭޓް ކޯޓެއްގައި އާންމުކޮށް ހިމެނޭ ކަންކަން ހިމަނައިގެން، މިހާރުގެ ޤާނޫނުތަކުން ތަސައްވަރުކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގަ އާއި ވަސީލަތްތައް ހިމެނޭ ގޮތަށް ކަމަށެވެ.

ކޯޓުގެ އާ އިމާރާތުގެ ސަބަބުން ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލުވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަން ޗީފް ޖުޑިޝަން އެޑްމިނިސްޓްރޭޓަރު ޢާއިޝަތު ރިޒްނާ ވިދާޅުވި އެވެ.