Last Updated: April 21, 15:52
Sunday, April 21, 2024
ޚަބަރު

ފަނޑިޔާރުގެއަށް ދެ ޖިންސްގެ ބައިވެރިވުން މުހިއްމު

ރާއްޖޭގެ ފަނޑިޔާރުގެގޭގެ މިނިވަން ކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އަދި މި ދާއިރާ އަށް ދެ ޖިންސްގެ މީހުންގެ ބައިވެރިން ވެސް ވަރަށް މުހިއްމި ކަމަށް އުއްތަމަފަނޑިޔާރު މުއުތަސިމް އަދުދާނު ވިދާޅުވެއްޖެ އެވެ.

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓްގެ އާ އިމާރާތް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއުތަސިމު ވިދާޅުވީ ގިނަ ބައެއްގެ ތަޖުރިބާ ފަނޑިޔާރުގެ އަށް އައުމަކީ ފަނޑިޔާރުގެ މުއްސަނދިވާނެ ކަމެއް ކަމަށާއި އެކަމަށްޓަކައި ދެ ޖިންސުގެ ބޭފުޅުން ވެސް ފަނޑިޔާރު ގޭގައި ތިއްބެވުން މުހިއްމު ކަމަށެވެ.

އެގޮތުން އަންހެން އަދި ފިރިހެން ބޭފުޅުންގެ ތަޖުރިބާ އާއި އެބޭފުޅުންގެ ޢިލްމާއި ޙިލްމު ޖުޑިޝަރީ އަށް ވަރަށް މުހިއްމު ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

"ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި. އެގޮތުން ފަނޑިޔާރުގެ މިނިވަން ކުރުމަށް ޖޭއެސްސީ [ޖުޑިޝަލް ސާވިސް ކޮމިޝަން] އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭ. އެހެންނަމަވެސް، ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަކުން އެކަނި ފަނޑިޔާރުގެ މިނިވަން ނުވާނެ." އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ. "ފަނޑިޔާރުން މިނިވަން ބަޔަކަށް ވާނީ، ޤާނޫނު އަސާސީގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމުން."