Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

ފޭދޫ ނައިޓް މާކެޓް މިރޭ ނިންމާލަނީ

ރޯދަ މަހާ ދިމާކޮޑް ފޭދޫގައި ފެށި ނައިޓް މާކެޓް މިރޭ ނިންމައިލާނެ ކަމަށް އަވަށު އޮފީހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މި ނައިޓް މާކެޓް ފެށި މިރޭ ހަމައަށް ކުރިއަށް ގެންދާ ގޮތަށެވެ. ނައިޓް މާކެޓް ބާއްވަނީ ފޭދޫ ބަނދަރު މަތީގަ އެވެ. މި ނައިޓް މާކެޓްގައި 20 ވިޔަފާރިއަކުން ބައިވެރިވެފައިވެ އެވެ. އެގޮތުން އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތި ހެޔޮ އަގެއްގައި ނައިޓް މާކެޓްގައި ވިއްކަ އެވެ.

އަވަށު އޮފީހުން ބުނި ގޮތުގައި ނައިޓް މާކެޓަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.