Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ވިލާ ކޮލެޖަށް ސްމާޓް ކްލާސްރޫމް

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ކޮޖެލް، ވިލާ ކޮލެޖްގައި ޗައިނާގެ ވާވޭ އައިސީޓީ އެކެޑަމީ ގުޅިގެން ސްމާޓް ކްލާސްރޫމްތަކެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް ފިއެވެ.

އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. ވާވޭ އައިސީޓީ ގެ ފަރާތުން ސޮއިކުރެއްވީ ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގް އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރު ނިޒްނާ އަލިދީދީ ވިދާޅުވީ ވިލާ ކޮލެޖަކީ އަބަދުވެސް ތައުލީމު ފޯރުކޮށްދިނުމުގައި ޒަމާނީ އާ ގޮތްތައް ހޯދުމަށް އިސްކަން ދެމުން އަންނަ ތަނެއް ކަމަށެވެ. އެގޮތުން ވާވޭ އެކެޑަމީއާ ގުޅިގެން ޒަމާނީ އާ އީޖާދުތައް ވިލާ ކޮލެޖުގައި ގާއިމު ކުރެވި، އޭގެ ފައިދާ ދަރިވަރުންނަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ސްމާޓް ކްލާސްރޫމްތަކެއް ގާއިމުކޮށް ކުރާނެ ތައުލީމް ފޯރުކޮށް ދިނުމާއި އުނގެނުމަށް ޒަމާނީ އަދި ކުރިއަރާފައިވާ މާހައުލެއް ގާއިމު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވެ ކުދިންގެ ކިޔެވުމުގެ ފެންވަރަށް ވެސް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނީ މިއީ ކިޔަވައިދޭ މުދައްރިސުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަށް މަގުފަހިވެ ވަގުތާއި ހަރަދު ވެސް ސަލާމަތް ވާނެ ކަމެއް ކަމަށެވެ..