Last Updated: April 28, 20:21
Sunday, April 28, 2024
ޚަބަރު

ހިތަދު އާއި ހުޅުމީދޫގައި އަލިފާނާ ގުޅޭ ސެޝަންތަކެއް

އައްޑޫ ހިތަދު އާއި ހުޅުމީދޫގައި އަލިފާނާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަންތަކެއްއް ބާއްވައިފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަ ސްޓޭޝަނުން ހިތަދޫގައި އިއްޔެ ބޭއްވި ސެޝަނަކީ އައްޑޫ ސިޓީ ކައުންސިލާއި އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިތަދޫގައި ކުރިއަށް ގެންދިޔަ މާހެފުމުގެ ބައިވެރިންނަށް އިއްޔެ ބޭއްވި ސެޝަނެކެވެ.

އެ ސެޝަނުގައި، ރޯދަ މަސް ކުރިއަށް އޮތުމާއެކު ބަދިގޭގައި ބޭނުންކުރާ ގޭހުގެ މަޢުލޫމާތާއި، ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށް ދީފައިވެ އެވެ.

ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަ ފައިޓަރުން މަޢުލޫމާތު ދިން ސެޝަނުގައި، ހިތަދޫގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

ހުޅުމީދޫ ފަޔަ ސްޓޭޝަނުން އިއްޔެ ބޭއްވި ހިންގި މި ސެޝަނުގައި ގިނަ ބަޔަކު ބައިވެރިވެ.