Last Updated: May 7, 08:57
Tuesday, May 7, 2024
ޚަބަރު

މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވާ މިންވަރު ފެނިއްޖެ

ރައްޔިތުން މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވާ މިންވަރު ފެނިގެން ގޮސްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސަލް ވަނީ ދާދިފަހުން ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތ. އަތޮޅާއި ލާމު އަތޮޅަށް ކުރި ދަތުރުން ފެނިގެންދިޔައީ ރައްޔިތުން މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އެ ދެ އަތޮޅުގެ ރައްޔިތުންނަށް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް 21 ގަ އެވެ.