Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ދެ ފުލުހަކު ސިންގަޕޫރުން ތަމްރީނުވެއްޖެ

ސިންގަޕޯ ޕޮލިސް ފޯސް އިން ހިންގި ސީނިއަ އޮފިސަ ބޭސިކް ކޯސް، ދިވެހި ދެ ފުލުހަކު ފުރިހަމަކޮށްފި އެވެ.

މިދިޔަ އަހަރުގެ މެއި 22 އިން ފެށިގެން 10 މަސް ދުވަހަށް ކުރިއަށް ގެންދިޔަ ކޯސް ފުރިހަމަކޮށްފައި ވަނީ އިންސްޕެކްޓަ އޮފް ޕޮލިސް ޒުލްފިޤާރު އާދަމާއި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަދުނާން ޝަހީމެވެ.

މި ކޯހުގައި ދިވެހި ދިވެހި ދެ ފުލުހުންގެ އިތުރުން ސިންގަޕޯ ފުލުހުން ހިމެނޭހެން 20 ފުލުހުން ބައިވެރިވި އެވެ.

ކޯސް ނިންމަން މި މަހުުގެ 11 ވަނަ ދުވަހު ސިންގަޕޯ ޕޮލިސް ފޯސްގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު ބައިވެރިވެ ވެސް ވަޑައިގެންނެވި އެވެ.