Last Updated: April 29, 09:25
Monday, April 29, 2024
ޚަބަރު

އެއާ ކޯ އުފެއްދުމުން މައުމޫންގެ ތަހުނިޔާ ރައީސަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް މައުމޫން އާއި ބައްދަލު ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ދިވެހި އަސްކަރީއްޔާގެ ވައިގެ ބާރު "އެއަރ ކޯ" އުފެއްދުވައި އިފްތިތާޙް ކުރުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދިވެހި އަސްކަރީއްޔާގެ ވައިގެ ބާރު ފުރަތަމަ ފަހަރަށް އުފެއްދަވައި ރޭ ވަނީ ރަސްމީކޮށް އިފްތާޙްކޮށްފައެވެ. އަސްކަރީއްޔާގެ އެއަރ ކޯ އުފައްދަވާފައިވަނީ ތުރުކީގެ އެހީއާއެކު ލިބުނު ޑްރޯން ތަކާއި އެކުގައެވެ. ދިވެހި އަސްކަރީއްޔާގެ އެއަރ ކޯ އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.

މިކަމާއި ގުޅުވައި ކުރީގެ ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މި ތަރީޙީ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތަހުނިޔާ ދަންނަވާފައެވެ.

ދިވެހި އަސްކަރީއްޔާއަށް ތަޢާރަފް ކުރެވުނު މި ޑްރޯންގެ ބޭނުމަކީ ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރައްދު 24 ގަޑިއިރު އަމިއްލަ ބާރުގައި ބެލެހެއްޓުމެވެ. މިގޮތުން އެއަރ ކޯ 3 ޑްރޯން އާއެކު ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް މިއަށް ވުރެ ފުޅާވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.