Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

ވެލާނާ އެއާޕޯޓުގެ މަގުތަށް މަރާމާތު ކުރަން އާރްޑީސީއަށް

ވެލާނާ އެއާޕޯޓާއި އާރްޑީސީ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއަރޕޯޓުގެ މަގުތަށް މަރާމާތުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި (އެމްއޭސީއެލް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ފަހުމުނާމާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. އާރްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ.

މި އެއްބަސްވުމުގެ ދަށުން އާރްޑީސީން ވެލާނާ އެއާޕޯޓުގެ އެތެރޭގެ މަގުތަށް މަރާމާތުކޮށް ބަލަހައްޓާނެއެވެ. މީގެ އިތުރުން ވެލާނާ އެއާޕޯޓުގެ ލޭންޑް ސައިޑް މަގުތަށް ހެދައި މަރާމާތުކޮށް ބެލެހެއްޓުމަށް ވަނީ އެއްބަސްވެވިފައެވެ. މީގެއިތުރުން އެއާޕޯޓުގެ ތަރައްޤީއާއި ގުޅުން ހުރިކަންކަމުގައި އާރްޑީސީން އެމްއޭސީއެލްއަށް އެހީތެރިވެދޭނެއެވެ.

ވެލާނާ އެއާޕޯޓު ތަރައްޤީގެ މަސައްކަތުގެ ތެރެއިން އެތެރޭގެ ބައެއް މަގުތަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.