Last Updated: May 28, 06:12
Wednesday, May 28, 2025
ޚަބަރު

ދެ މިސްކިތެއްގެ ވުޟޫކުރާ ބަޔަށް ގެއްލުން ދީފި

މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ދިން ގެއްލުންތައް މާލޭ ސިޓީ ކައުންސިލުން މިރޭ މަރާމާތުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ގެއްލުން ދީފައިވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށެވެ.

އެގޮތުން ބަންޑާރަ މިސްކިތުގެ ގެއްލުންދީ ހަލާކު ކޮށްފައިވާ އަންހެނުންގެ ފާހަނާ ތަށި ވަނީ ބަދަލުކޮށް، ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުންގެ ބައިގައި އާ އިސްކުރު މިހާރު ހަރުކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މި ގެއްލުންތައް ދީފައިވަނީ ކޮން އިރަކު އަދި ކޮން ބައެއް ކަމެއް އެނގިފައެއް ނުވެ އެވެ.