Last Updated: April 29, 18:17
Monday, April 29, 2024
ޚަބަރު

ސައިކަލަކުން ޖެހި ދުވަސްވީ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ދިޔަ ސައިކަލެއް އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއްވެގެން ހޮސްޕިޓަލްފައި ފަރުވާ ދެމުން އެބަދެ އެވެ.

ރޭ 9:15 އެހާހާއިރު ހުޅުމާލޭ ގާޒީ ސްކޫލު ސަރަހައްދުގައި އެކްސިޑެންޓުގައި އަނިޔާވި 74 އަހަރުގެ ފިރިހެނެނަކަށެވެ. އެ މީހާގެ ގައިގައި ބާރުގައި ސްޕީޑްގައި ދުއްވި ސައިކަލުން ޖެހުނީ ތަރާވީސް ނަމާދުގައި ފައިބައިގެން ދަނިކޮށެވެ. އެ މީހާ އަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. އެކްސިޑެންޓުގައި އޭނަގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެފައިވެ އެވެ.

މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.