Last Updated: April 28, 18:59
Sunday, April 28, 2024
ޚަބަރު

ކާފަދަރިއާ ބެހުނު މީހާ ދޫކޮށްލުމުން އިސްތިއުނާފަށް

އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި އެވެ.

ތ. ވޭމަންޑޫ އިން މި މީހާ ހައްޔަރުކުރީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މި މީހާގެ މައްޗަށް ދައުވާ ކުރެވި ޝަރީއަތް ހިނގަމުން ދަނިކޮށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން މި މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.

އެ މީހާ މިދިޔަ ހަފުތާގައި ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ.

މި މީހާ ދޫކޮށްލި މައްސަލައާއެކު ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވެސް އަމާޒުވި އެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ކުށްކުށުގައި ބަންދުކޮށްފައި ތިބޭ މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ސަރުކާރަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ކޯޓުތަކުން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.