Last Updated: April 28, 17:29
Sunday, April 28, 2024
ޚަބަރު

ދިވެހި އުމްރާވެރިންގެ ދަތުރުތައް ރޭލުގައި ކުރަން ފަށައިފި

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި ރޯދަ އުމްރާ އަށް ދިޔަ މީހުން މައްކާ އާއި މަދީނާއާ ދެމެދު ކުރާ ދަތުރުތައް ހައި ސްޕީޑް ރޭލުގައި ކުރަން ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވީ އުމްރާގެ މާތް އަޅުކަން އަދާ ކުރުމަށްދާ ފަރާތްތަކުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުމަށް ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ އިރުޝާދާއި ގުޅިގެން މީގެ ކުރިން 7 ގަޑި އިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައި ތަކުލީފު ބޮޑު ދަތުރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހައި ސްޕީޑް ރޭލުގެ ހިދުމަތާއެކު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކުން ފުރަތަމަ ފަހަރަށް ހައިސްޕީޑް ޓްރެއިން ގައި މައްކާއިން މަދީނާއަށް ދަތުރުކުރަމުންދާ ކަމަށާއި މިއީ 2 ގަޑިރުގެ ކުރު ދަތުރެއްް ކަމަށް ޝަކީލު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އުމްރާ އަށް ދެ އެވެ.