Last Updated: April 28, 17:29
Sunday, April 28, 2024
ޚަބަރު

ކަސްޓަމްސް އަށް އިތުރު ޑެޕިއުޓީ ކޮމިޝަނަރެއް

ކަސްޓަމްސް އަށް އިތުރު ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ އިބްރާހިމް މަފާޒެވެ. އޭނަ އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕއިުޓީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގަ އެވެ.

މަފާޒަކީ އޮސްޓްރޭލިއާގެ ކެންބަރާ ޔުނިވާސިޓީން ކަސްޓަމްސް އެޑްމިނިސްޓްރޭޝަންއިން މާސްޓާސް ހާސިލު ކުރައްވާފައިބާ ބޭފުޅެކެވެ. އޭނަ ވަނީ ކަސްޓަމްސްގައި 27 އަހަރު ހިދުމަތް ވެސް ކުރައްވައިފަ އެވެ.

މަފާޒް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވި އިރު އެ މަގާމުގައި މިހާރު ވެސް އިތުރު ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ ފާތިމަތު ދިޔާނާ އާއި އަބްދުﷲ ވަހީދު އަދި މަހުމޫދު ރިޔާޒެވެ

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި މިހާރު ހުންނެވީ ޔޫސުފް މާނިއު އެވެ.