Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ އެ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15ގެ އުމްރާއަށް ދިޔަ، ސ. މީދޫ، ހަވާ، މުހައްމަދު ތައްކާނެވެ.

ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން ބުނީ އޭނާ ގެއްލުނީ ރޭ ފަތިހު 03:00 ހާއިރު، އެ ގްރޫޕްގެ އުމްރާވެރިންނާއެކު އުމްރާގެ އަޅުކަން އަދާކުރަން ހަރަމްފުޅަށް ދިއުމަށްފަހު ކަމަށެވެ.

އެ ގްރޫޕުން މިރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ތައްކާނު ހެޔޮހާލުގައި ހުއްޓައި ފެނިފައިވާ ކަމަށެވެ. އަދި ހެޔޮދުއާ ކޮށްދިން ހުރިހާ އެންމެންނަށް އާއިލާގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.