Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

އިމާދުއްދީނުން ގާޒާގެ ކުދިންނަށް އީދު ހަދިޔާ ފޮނުވަނީ

މާލޭގެ އިމާދުއްދީން ސްކޫލް ފަރާތުން ގެގާޒާގެ ކުދިންނަށް އީދު ހަދިޔާ ފޮނުވުމަށްޓަކައި ފައިސާ އެއްކުރަން ފަންޑް ފޮއްޓެއް ހުޅުވައިފި އެވެ.

އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުން ފަރާތުން ޢީދު ހަދިޔާ ދިނުމަށް ބޭނުންވާ ފައިސާ ހޯދަން ފަންޑްފޮށި ބެހެއްޓީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޚާއްޞަ އެސަމްބްލީއެއްގަ އެވެ. މީގެ މައިގަނޑު މަގުސަދަކީ ގާޒާގެ ކުދިންނަށް ފިތުރު އީދާ ދިމާކޮށް ހަދިޔާ ފޮނުވުމެވެ. އިމާދުއްދީން ސްކޫލުން ބުނީ އަމާޒަކީ އީދުގެ ކުރިން ގާޒާ ކުދިންނަށް ހަދިޔާ ފޮނުވުން ކަމަށެވެ.

އެގޮރުން ފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު 30 އާ ހަމައަށް އޮންނާނެ އެވެ.