Last Updated: May 15, 09:10
Wednesday, May 15, 2024
ޚަބަރު

ސްޓެލްކޯގެ ހައްޖާއި އުމްރާ ލިބުނު މުވައްޒަފުން ހޮވައިފި

ސްޓެލްކޯ އިން މި އަހަރުގެ ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.

ސްޓެލްކޯ އިން ބުނީ ކުރިން އަމަލު ކުރަމުން އައި އުސޫލަށް ބަދަލުގެނެސް ކުންފުނީގެ ފަރާތުން ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުޞަތު ލިބޭ މުވައްޒަފުންގެ އަދަދު އިތުރުކޮށް، މި އަހަރު އެ ފުރުޞަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވާ ކަމަށެވެ.

އެގޮތުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ މުވައްޒަފުންގެ ނިސްބަތަށް ބަލައި ކޮންމެ ބަޔަކަށްވެސް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ހޮވާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.