Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް ޕީއެންސީގެ ތަރުޖަމާނަކަށް ހީނާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުގެ ތަރުޖަމާނަކަށް ހީނާ ވަލީދު ހަމަޖައްސައިފި އެވެ.

ޕީއެންސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލު ކުރާ ޗީފް ސްޕޯކްސް ޕާސަން ކަމުގެ މަގާމަށް ހީނާ ވަލީދު އައްޔަނު ކޮށްފައިވާ ކަމަށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވާ ހީނާ އަކީ ޕީޕީއެމްގެ ވެސް ތަރުޖަމާނެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. އެ ޕާޓީން 89 ކެންޑިޑޭޓަކު ވާދަކުރާ އިރު، އިދިކޮޅު އެމްޑީޕީން 82 ކެންޑިޑޭޓަކު ވާދަކުރެ އެވެ.