Last Updated: May 10, 14:48
Friday, May 10, 2024
ޚަބަރު

ވަގަށް ބިލެތް ކެނޑި ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ވަގަށް ބިލެތް ކެނޑި ބަޔަކު ދެ ބަސްތާ ބިލެތާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބުނީ މ. ހަވާއީގައި އޮތް ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބައި ދެ މީހަކު އަތުލައިގަތީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެކެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.