Last Updated: May 10, 14:48
Friday, May 10, 2024
ޚަބަރު

ޑްރަގްސްއާ އެކީ އައްޑޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ މައްސަލައެއްގައި ހުޅުމީދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޕޮލިސް އިންޓެލިޖެންސާއި އައްޑޫ ހައި ވިސިބިލިޓީ ޓީމާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ކުރި މަސައްކަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ، ބަރުދަނުގައި 87.4 ގްރާމް ހުރި ތަކެއްޗާ އެކު، 26 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ މިދިޔަ މަހުގެ 28 ގައި ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.