Last Updated: May 10, 21:30
Friday, May 10, 2024
ޚަބަރު

ނަމާދަށް އިން މީހެއްގެ ފޯނު ވަގަށް ނަގައިފި

މާލޭގެ މިސްކިތެއްގައި ދަމުނަމާދަށް އިން އަންހެންނެއްގެ ދަބަހުން ވޮލެޓާއި ފޯން ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސަލާހުއްދީން މިސްކިތުގައި ދަމު ނަމާދަށް އިން އަންހެނެއްގެ ވޮލެޓްގައި އޮތް 700 ރުފިޔާ އާއި ފޯން ވަގަށް ނެގީ ރޭގެ ކަމަށެވެ. މި ވައްކަމުގެ ރިޕޯޓް ރޭ ދަންވަރު ލިބުމުން އެ މައްސަލަ ބަލައި އެކަން ކުރި މީހުން ހައްޔަރުކުރީ މިއަދު ހެނދުނު ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ދެ ފިރިހެނުންނެވެ.

މި ރޯދަ މަހުގެ ތެރޭގައި ވައްކަން ކުރުން އިތުރުވެފައިވާ އިރު، މާލޭގެ ބައެއް މިސްކިތްތަކުން ފަންކާ އާއި ފެންމޯޓަރު ވެސް ވަގަށް ނަގާފައިވެ އެވެ.