Last Updated: May 10, 06:02
Friday, May 10, 2024
ޚަބަރު

މާލޭގައި އީދަށް ފެންކުޅި އާއި މިއުޒިކް ޝޯ

ފިތުރު އީދު ފާހަގަކުުރަން މާލޭގައި ފެންކުޅީގެ ހަރަކާތްތަކާއި މިއުޒިކް ޝޯ ވެސް ބާއްވަނ ނިންމައިފި އެވެ.

ނަމުގައި މާލެ ސިޓީ ކައުންސިލުން ބުނީ "މަގޭ އީދު" ގެ ނަމުގައި އީދު ފާހަގަކުރަން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑުމަސް ބޭނުމާއި މާލި ޕެރޭޑްގެ އިތުރުން ހަވާ އެރުވުން ވެސް އޮންނާނެ ކަމަށެވެ.

އެގޮތުން ފެންކުޅީގެ ހަރަކާތް ކުރިއަށް ދާނީ އީދު ދުވަހު ހެނދުނު 9:30 ގައި ރަސްފަންނުގަ އެވެ. ބޮޑުމަސް ބޭނުމާއި މާލި ޕެރޭޑް ކުރިއަށް ދާނީ ހަވީރު 4:00 އިން ފެށިގެން އޮލިމްޕަސް ކުރިމަތިންނެވެ. ސްޓޭޖް ޝޯ އޮންނާނީ އީދު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ. އަދި ހަވާ އެރުވުން އޮންނާނީ އެރޭ 10:00 ގަ އެވެ.

މާލޭގައި އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ބާއްވަނީ ކައުންސިލާއި ސާދާ އެންޓަޓައިންމަންޓް ގުޅިގެން ކަމަށް ކައުންސިލުން ބުންޏެވެ.

ފިތުރު އީދު ފާހަގަކުރަން ރަށްރަށުން ތައްޔާރީތައްވަމުން އަންނަ އިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ އިސްލާމީ ސަގާފަތާ އެއްގޮތަށް އީދު ފާހަގަކުރަން އިލްތިމާސްކުރައްވައިފަ އެވެ.