Last Updated: May 10, 14:48
Friday, May 10, 2024
ޚަބަރު

7 ކިލޯގެ ޑްރަގްސްއާ އެކީ ޔޫކޭ މީހަކު ހައްޔަރުކޮށްފި

ރާއްޖެ އައި އިނގިރޭސިވިލާތުގެ މީހަކު 7 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އަދި އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 53 އަހަރުގެ މީހެކެވެ. ނޮދަން އަޔަލެންޑަށް ނިސްބަތްވާ އެ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ދީފައިވެ އެވެ.

އޭނަގެ ބަންދު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ އޭނަ ރާއް ޖެއައި އިރު ގެނައި ލަގެޖުންނެވެ.