Last Updated: May 3, 15:34
Friday, May 3, 2024
ޚަބަރު

އިމާރާތެއްގެ މައްޗަށް ވެއްޓުނު މީހަކަށް ފަރުވާ ދެނީ

މާލޭގެ ގެއެއްގެ ޓެރަހުން އެހެން ގެއެެއްގެ މައްޗަށް ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

އެ މީހާ ވެއްޓިފައި އޮއްވައި ފެނުނީ ރޭގަ އެވެ. އަދި އެ މީހާ ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މިޑިއާގައި އާންމުވެފައިވެ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މީހާ ވެއްޓުނީ މާފަންނު ގެއެއްގެ ޓެރަސް މަތިން، ޖެހިގެން ހުރި ހަދަމުން އަންނަ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާގެ ޝީޓް މައްޗަށް ކަމަށެވެ. އަދި އެއީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެ މީހާގެ ފަޔަށާއި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.