Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

އެކްސިޑެންޓަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ދޭން އެދިއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 4:54 ގައި ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

އެހެންވެ އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9393351 އަށް ގުޅުއަި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.