Last Updated: May 3, 17:16
Friday, May 3, 2024
ޚަބަރު

ރޯދަ ނުހިފައި އުޅުނު މީހަކު ބަންދަށް

މި ރޯދަ މަހު ރޯދަ ނުހިފައި، ކައި އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދުވާލު ގަޑީގައި ކާން އުޅުނު މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށް, ކްރިމިނަކް ކޯޓުން ބަންދަށް އިއްޔެ 10 ދުވަސް ޖެހީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހާ ވަނީ ރޯދަ ނުހިފާ ކަމަށް އެއްބަސް ވެސް ވެފަ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ރޯދަ ނުހިފައި ބަނަސް ކެއި މީހަކު ހައްޔަރުކުރި އެވެ. އޭނަގެ ބަންދަށް ޖެހީ ދެ ދުވަހެވެ.