Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ރައީސްގެ ދެކަނބަލުންގެ އީދު ސަލާން މުލިއާގޭގައި

ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނީ މުލިއާގައި ގޭގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެކަން ކުރިއަށް ދާނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށެވެ.

އެހެންވެ އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު އަރުއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އާއިލާތަކާ އެކީ ވީހާ ވެސް ގިނަ ކުޑަކުދިންނާއި، ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ދައުވަތު ދެއްވާ ކަމަށެވެ.

އީދު ސަލާމަށް މުލީއާގެއަށް ވަންނަން ހަމަޖައްސާފައި ވަނީ ދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ.