Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

ކުއްޖާ އަށް އަނިޔާކުރި މައްސަލަ މަޖިލީހަށް

އއ. ރަސްދޫ މިސްކިތެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

ފުލުހުން ބުނި ގޮތުގައި ކުއްޖާ އަށް ކުރީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ އިރު، ފުލުހުންގެ ޓީމެއް މިހާރު އަންނަނީ ރަސްދޫގައި ހަރަކާތްތެރިވަމުންނެވެ.

ކުއްޖާ އަށް އަނިޔާކުރި މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ވީޑިއޯ ރޭ ސޯޝަލް މީޑިއާ އާންމުވި ހިސާބުންނެވެ.