Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ފެންއަރުވާ ވަޑާން އަލުން ހުޅުވުން މިރޭ

ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން އަލުން މަރާމާތުތަކެއް މިރޭ ހުޅުވަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން ސިޓީތަކާއި އިދާރީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެތަން އާންމުކޮށް ހުޅުވައިލުން އޮންނާނީ މިރޭ 9:30 ގައި ކަމަށެވެ. އެހެންވެ އެކަމަށް އިންތިޒާރު ކުރަން އެދިވަޑައިގެންނެވެ.

މިނިސްޓްރީން ވަނީ ފިތުރު އީދަށް މަރުހަބާ ކިޔުމުގެ ގޮތުން މުޅި ރާއްޖެ ކުލަބޮކިތަކުން ދިއްލައިލުމަށް ވެސް ތައްޔާރުވަމުންނެވެ. މާލޭގެ އެކަން ފައްޓަވައި ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޖުމްހޫރީ މައިދާންގެ ފެންއަރުވާ ވަޑާން މަރާމާތުކޮށް އަލުން މިރޭ ހުޅުވަނީ އެތަން ބޭނުން ނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މި ތަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދައި، ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި ހުޅުވި ތަނެކެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި ފެންއަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. އެތަން އަލުން ހުޅުވަނީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން މަރާމާތު ކުރުމަށް ފަހު އެވެ.