Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

އީ-ޕެޓިޝަން ތައާރަފު ކުރަން އާންމުންގެ ހިޔާލަށް

ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން އީ-ޕެޓިޝަން) ހުށަހެޅޭ ނިޒާމެއް ގާއިމު ކުރުމުގެ އެކަމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، އެ އެތަނާއި ޔޫއެންޑީޕީ ގުޅިގެން ތައާރަފުކުރަން ނިންމާފައިވާ ނިޒާމުގެ ސިޔާސަތު ކަރުދާހަށް މި މަހުގެ 29 އާ ހަމައަށް ހިޔާލު ހުށަހެޅޭނެ ކަމަށެވެ. ހިޔާލު ހުށަހަޅަން ޖެހެނީ ޕެޓިޝަން ކޮމިޓީ އަށް އީމެއިލް މެދުވެރިކޮށް އަދި އެކަމަށް ހާއްސަ ލިންކް https://forms.office.com/pages/responsepage.aspx?id=Xtvls0QpN0iZ9XSIrOVDGdh_JCdnA8pBl3bBXkEehXhUQ05XOTlZWERRRjhSOU9WMk9WME02TVdDRiQlQCN0PWcu އިންނެވެ.

މަޖިލީހުހެ އިދާރާ އިން ބަނީ އީ-ޕެޓިޝަން ނިޒާމާ ގުޅޭ ތަފްސީލުތައް ހާމަކުރުމަށް މައުލޫމާތު ބައްދަލުވުންތަކެއް ވެސް ބާއްވަން ނިންމައިފަ އެވެ. އެގޮތުން ސަރުކާރުގެ މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ޔުނިވާސިޓީތަކާއި ޖަމިއްޔާތަކަށް މި ބައްދަލުވުން އޮންނާނީ މި މަހުގެ 24 ގަ އެވެ. އަދި އާންމު ރައްޔިތުންނަށް މައުލޫމާތު ދޭނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގަ އެވެ.

އީ-ޕެޓިޝަން ސިޔާސަތު ކަރުދާހުގައިވާ ގޮތުން މި ނިޒާމު ގާއިމު ކުރަނީ ގައުމީ ޑިޖިޓަލް އައިޑީ ފަދަ ކާކުކަން އަންގައިދޭ ވަސީލަތެއް މެދުވެރިކޮށް ވަދެވޭ ގޮތަށެވެ. އަދި ޕެޓިޝަންގައި ސޮއިކޮށްފައިވާ މީހުންގެ އަދަދަށް ބަލައި، މަޖިލީހުގެ ކޮމިޓީން އަޅަން ޖެހޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 0.5 ޕަސެންޓް މީހުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަންތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.