Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

އިންޑިއާ ސަފީރު އިންޑިއާ މީހުންނާ ބައްދަލު ކުރަނީ

ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނާ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުން އޮންނާނީ ހުކުރު ދުވަހު މެންދުރު ފަހު 2:30 ގައި ކަމަށެވެ. ބައްދަލުވުން އޮންނާނީ ހުޅުމާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އިމާރާތުގަ އެވެ.

ހައި ކޮމިޝަނުގެ ބުނި ގޮތުގައި މި ބައްދަލުވުމަކީ ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް ކުރިމަތިވާ ދަތިތަކާއި އެކަންކަން ހައްލުކުރަން ކުރެވިދާނެ ކަންކަމުގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ. އެގޮތުން އިންޑިއާގެ މަސައްކަތްތެރިން އާންމު މަސްލަހަތާއި ޕާސްޕޯޓާއި ވިސާ ފަދަ މުހިންމު ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަޝްވަރާ ކުރެވޭނެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި އުޅޭ އިންޑިއާ މަސައްކަތްތެރިންގެ އަދަދު 34،000 އަށް ވުރެ ގިނަ އެވެ.