Last Updated: May 3, 17:51
Friday, May 3, 2024
ޚަބަރު

ގަމުގައި ޕާޓީކުރި ބަޔަކު ހައްޔަރުކޮށްފި

ލ. ގަމުގައި މަސްތުވާތަކެތި ބޭނުންކޮށް, ޕާޓީކުރި ބަޔަކު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ ޝީޝާ ބޯން އާންމުކޮށް ގިނަ ބަޔަކު ގޮސް އުޅޭ ކެފޭއެެއްގެ ތެރެއިން 7 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި އަންހެނެކެވެ.
އެ މީހުން ހައްޔަރުކޮށްފައިވަ ނީ ރޭ ދަންވަރު 1:00 ޖަހާކަންހާ އިރު, ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އަދި އެ މީހުން ހައްޔަރުކުރިއި ރު, އެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކަކާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ފުޅިތަކެއް ވެސް ފެނިފައިވެ އެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.